Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުން ކުރިއަށް

ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށްދަމުން އަންނަކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ތިންވަނަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ. އަދި، ބޭރުތޮށި ލުމުގެ މަސައްކަތް ފުރިހަމަ ކުރެވިފައިވާ ކަމަށެވެ. އެމްޓީސީސީން ބުނެފައިވަނީ ސައިޓުގައި މިހާރު ކުރިއަށްދަނީ ގްރޮއިން އަދި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 9100 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 361 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 822 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ 44.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.