Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ކޮމަންޑޫ ފެރީ ސްޓޮޕް ނިންމާލައިފި

ށ. ކޮމަންޑޫ ގައި ޤާއިމުކުރާ ފެރީ ސްޓޮޕްގެ މަސައްކަތްތައް ނިންމާލައިފިއެވެ.

އެ މަސައްކަތް ކުރަމުން އައި އެމްޓީސީސީން ބުނެފައިވަނި މި ފެރީ ސްޓޮޕްގައި ކިއޮސްކް އަކާއި، ވެއިޓިންގް އޭރިއާއެއްގެ އިތުރުން ފާޚާނާވެސް ހުންނާނެ ކަމަށެވެ.

މި ފެރީ ސްޓޮޕްއަކީ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫއުގެ، އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1 ގެ ދަށުން ޤާއިމުކުރެވޭ ފެރީސްޓޮޕެއްކެވެ.

އާރްޓީީއެލް ފެރީ ހިދުމަތް ފުޅާކުރަމުން އަންނައިރު، މިފަދަ އެތައް ފެރީ ސްޓޮޕެއް އެކި ރަށްރަށުގައި އަންނަނީ ގާއިމުކުރަމުންނެވެ.