ގަރާޖު ޔުނިޓުތައް ހުޅުމާލޭގައި ތަރައްޤީ ކުރުމަށް ބިން ދޫކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ.
އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ގަރާޖު ޔުނިޓް ހިންގުމަށް ބޭނުންވާ، މާލޭގައި މިވަގުތު ގަރާޖު ހިންގަމުންދާ ފަރާތްތަކަށް އަމާޒުކޮށްގެން ޖުމުަލ 25 ބިމެއް ތަަރައްގީ ކުރުމަށް ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ބިންތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 2 ޖަނަވަރީ ވާ ހޯމަ ދުވަހުގެ 14:00 އެވެ.
އެޗްޑީސީން ބުނެފައިވަނީ މި ބިންތަކަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމް އެޗްޑީސީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. އަދި ފޯމު ހުށަހެޅުމަށް ދީފައިވާ ސުންގަނޑި ހަމަވުމުން ލިބިފަިއވާ ފޯމުތަކާއި ލިޔެކިޔުންތައް ބަލައި ފޯމާއި ބެހޭ އިތުރު މައުލޫމާތު ބޭނުންވާނަމަ އެ ފަރާތްތަކަށް އެންގޭނެ ކަމަށެވެ.
މާލޭގައި ހިންގާ ގަރާޖުތައް ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާއިރު މިފަހުން މާލޭގައި ހުރި ގަރާޖެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ބަޔަކު މަރުވެފައިވެސްވެއެވެ.