ތައިލޭންގެ އަމާރީ ބްރޭންޑުގެ އިތުރު ރިސޯޓެއް ރާއްޖޭގައި އަންނަ ހުޅުވަން ނިންމައިފި އެވެ.
އެ ރިސޯޓަކީ މިހާރު ރ. އަތޮޅުގައި ތަރައްގީ ކުރަމުން އަންނަ އަމާރީ ރާޔާ މޯލްޑިވްސް ރިސޯޓެވެ. އެތަން ހުޅުވަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ. މިއީ 200 ކޮޓަރީގެ ތަނެކެވެ.
ރާއްޖޭގައި މިހާރު ހިންގަމުން އަންނަ އަމާރީ ބްރޭންޑްގެ ރިސޯޓަކީ ގއ. ހަވޮއްޑާގައި ހިންގަމުން އަންނަ 120 ކޮޓަރީގެ އަމާރީ ހަވޮއްޑާ މޯލްޑިވްސް އެވެ.
މިހާރު އައްޑޫގައި ކެނަރީފް ރިސޯޓްގެ ނަމުގައި ހިންގަމުން އަންނަ ކުރީގެ ހެރަތެރަ ރިސޯޓް ވެސް އަމާރީ ބްރޭންޑްގެ ދަށުން ހިންގާފައިވެ އެވެ.