ރ.އިނގުރައިދ ބަނދަރު ނެރުފައިކަށި ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ޕަބްލިކް ލިމިޓެޑް، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 17.1 މިލިއަން ރުފިޔާއަށް 180 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
މި މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމާއި، ނެރު ފުން ކުރުމާއި، 86 މީޓަރ ނެރު ބްރޭކްވޯޓަރ ޖެހުން، 59 މީޓަރ ބްރޭކްވޯޓަރ ޖެހުން، 150 މީޓަރ އިރުމަތި ފަރާތު ބްރޭކްވޯޓަރ ޖެހުން އަދި 02 ނެވިގޭޝަން ލައިޓް ހަރުކުރުން ހިމެނެއެވެ.
މި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރުޤްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ހުސައިން މޫސާއެވެ.