Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

1.6 މިލިއަން ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔައިފި

1.6 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުން- ފޮޓޯ: ރައީސް އޮފީސް

މި އަހަރު ރާއްޖެ 1.6 މިލިއަން ޓޫރިސްޓުން ގެންނަން ކަނޑައެޅި އަމާޒަށް ވާސިލުވެއްޖެއެވެ.

1.6 މިލިއަން ވަނަ ފަތުރުވެރިޔާއަށް އަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެގޮތުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕޮރޭޝަން (އެމް.އެމް.ޕީ.އާރ.ސީ) އިން އިސްނަގައިގެން ކުރިއަށްގެންދިޔަ ހަފުލާގައި ނައިބު ރައީސް ފައިސަލް ނަސީމް، ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް އަދި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތައްޔިބު މުހައްމަދު ބައިވެރިވެވަޑައިގަނެފައިވެއެވެ.

މިއަހަރު އައި 1.6 މިލިއަން ޓޫރިސްޓުންގެ އަދަދަކީ މިދިޔަ އަހަރާ އަޅާބަލާއިރު 23.1 ޕަސެންޓް އިތުރު އަދަދެކެވެ.

ރާއްޖޭގެ ޓޫރިޒަމަށް މި އަހަރު 50 އަހަރު ވެސް ފުރިފައިވާ އިރު، އެމްއެމްޕީއާރްސީން އަންނަނީ ރާއްޖެ ޕްރޮމޯޓްކުރަން ވަރަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ބާއްވާ ބޮޑެތި ފެއާތަކުގައި ބައިވެރި، ރާއްޖެ ޕްރޮމޯޓްކުރުމުގެ މަސައްކަތް އަންނަނީ ވަރަށް ފުޅާކޮށް ކުރެވެމުންނެވެ. އެގޮތުން އެމްއެމްޕީއާރުސީން ވަނީ މި އަހަރު 24 މާކެޓެއްގައި 150 އަށް ވުރެ ގިނަ ހަރަކާތްތައް މިހާތަނަށް ހިންގައިފަ އެވެ.

ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު 1.8 މިލިއަން ޓޫރިސްޓުން ގެނައުމެވެ.