Last Updated: July 2, 11:22
Wednesday, July 2, 2025
މުނިފޫހިފިލުވުން

އަޖޭގެ "ތޭންކް ގޯޑް" އެމެޒޯން ޕްރައިމަށް

މިދިޔަ އޮކްޓޯބަރު މަހި ރިލީޒްކުރި ބޮލީވުޑްގެ ފެންޓަސީ ކޮމެޑީ ފިލްމު "ތޭންކް ގޯޑް" މިއަދު އެމެޒޯން ޕްރައިމް ވީޑިއޯ އަށް މިއަދު ދޫކޮށްލައިފި އެވެ.

އިންދަރް ކުމާރު ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ތަރިންނަކީ އަޖޭ ދޭވްގަނާއި ސިދާތު މަލްއުތުރާގެ އިތުރުން ރަކުލް ޕްރީތު ސިންގް އެވެ. އަދި "ތޭންކް ގޯޑް" ގައި ހިމެނި ސްރީ ލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީގެ މަޝްހޫރު ލަވަ "މަނިކެ މަގޭ ހިތޭ" ގެ ހިންދީ ވާޝަން އިން ނޯރާ ފަތުހީ ވެސް ފެނިފައިވެ އެވެ.

އޮކްޓޯބަރުގެ މަހުގެ 25 ގައި ރިލީޒްކުރި ފިލްމަކީ 50 ކްރޯޑް ރުޕީސް (6.05 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދައި ބޮކްސް އޮފީހުގައި 49.55 ކްރޯޑް ރުޕީސް (6 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނު ފިލްމެކެވެ.