Last Updated: July 26, 13:56
Sunday, July 26, 2026
ޚަބަރު

ފްލައި ދުބާއީއާ ގުޅޭ މައުލޫމާތު އައްޑޫގައި ދެނީ

ޔޫއޭއީގެ ފްލައި ދުބާއީގެ ދަތުރުތައް އަންނަ އަހަރު އައްޑު ފެށުމަށް ހަމަޖެހިފައިވާތީ އެ ދަތުރުތަކާ ގުޅޭ މައުލޫމާތު އައްޑޫ ރައްޔިތުންނަށް ދިނުމަށް ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

މި ބައްދަލުވުން އޮންނާނީ މިރޭ 8:30 ގައި އައްޑޫ ހައި ސްކޫލްގަ އެވެ. މި ބައްދަލުވުމުގައި މައުލޫމާތު ދޭނީ އިނަ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފިރާޤު، އިނަރ މޯލްޑިވްސްގެ އޭވިއޭޝަން ޑިރެކްޓަރ އަހުމަދު އިޖާޒް، ގަން އިންޓަނޭޝަނަލް އެއަރޕޯޓްގެ މެނޭޖިންގ ޑިރެކްޓަރ ގައިސް ނަސީރު، ގަން އިންޓަނޭޝަނަލް އެއަރޕޯޓްގެ ބިޒްނަސް ޑިވެލަޕްމަންޓް މެނޭޖަރަ މިސްބާހު ނަޒީރު އަދި ސައުތް ޕާލްމް ރިސޯޓްގެ ސީއީއޯ މޫސާދީދީ އެވެ.

މި ބައްދަލުވުމުގެ ތެރެއިން ލަކީޑްރޯއެއް ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ. ލަކީޑްރޯ އިން ހޮވޭ ނަސީބުވެރިޔާ ދުބާއީ އަށް ދިޔުމުގެ ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މިފަދަ ބައްދަލުވުމެއް ރޭ ފުވައްމުލަކު ސިޓީގައި ވެސް ބާއްވާފައިވެ އެވެ.

ފްލައި ދުބާއީން ކޮންމެ ދުވަހަކު ދަތުރުތައް ބާއްވާ ގޮތަށް ގަމަށް އުދުހެން ނިންމާފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ 4 އިން ފެށިގެންނެވެ. ހާއްސަ އޮފާއެއްގެ ދަށުން ދެކޮޅު ޓިކެޓް 450 ޑޮލަރު (6،925ރ.) އަށް ލިބޭނެ ކަމަށް އެ އެއާލައިންގެ ރާއްޖޭގެ އޭޖެންޓް، އޭސް ޓްރެވެލްސް އިން ބުނެ އެވެ.