ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އާޖެންޓީނާގެ ގައުމީ ޓީމަށް އެގައުމުގެ އެތައް މިލިއަން ބަޔަކު މަގުތަކަށް ނިކުމެ މަރުހަބާ ކިޔައިފި އެވެ.
ވޯލްޑް ކަޕް އާޖެންޓީނާ އިން ތިންވަނަ ފަހަރަށް ހޯދީ މިދިޔަ އާދީއްތަ ދުވަހުގެރޭ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ފްރާންސް 4-2 އިން ބަލިކޮށްގެންނެވެ. ވޯލްޑް ކަޕްގެ ތަށްޓާއެކު އާޖެންޓީނާގެ ގައުމީ ޓީމު އެނބުރި ގައުމަށް އައީ އިއްޔެގެ ވަގުތެއްގަ އެވެ.
An estimated 4 million people are in Buenos Aires to welcome home the world champs 🤯🇦🇷 pic.twitter.com/qewbLtsaie
— B/R Football (@brfootball) December 20, 2022
އާޖެންޓީނާގެ ސަޕޯޓަރުންނަށް ތަށި ދައްކާލުމަށް ޓީމުގެ ކުޅުންތެރިން އެގައުމުގެ އެކި ސަރަހައްދުތަކަށް ބަހެއްގައި ދިޔައިރު ޓީމަށް މަރުހަބާ ކިޔަން މަގުތަކަށް ނިކުތް މީހުންގެ އަދަދު ގާތްގަނޑަކަށް ހަތަރު މިލިއަނަށް އަރާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް ވަކި ހިސާބަކުން ނުރައްކާތެރި ހާދިސާތަކެއް ހިނގާފާނެ ކަމަށް ބެލެވޭތީ ސަލާމަތީ ބާރުތަކުން ވަނީ ކުޅުންތެރިން ހެލިކޮޕްޓަރެއްގައި އެ ކުޅުންތެރިންގެ އުފަން އަވަށްތަކަށް ގެންގޮސްދީފަ އެވެ.
އާޖެންޓީނާގެ ޓީމަށް މަރުހަބާ ކިޔަން ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން އެގައުމުގެ ސަރުކާރުން ވަނީ އިއްޔެ އަކީ ޗުއްޓީ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.
The crowds waiting for Argentina’s trophy parade 😳 pic.twitter.com/9zK4iIobnd
— B/R Football (@brfootball) December 20, 2022
މިއީ 1986 ވަނަ އަހަރަށްފަހު އާޖެންޓީނާ އިން ހޯދި ފުރަތަމަ ވޯލްޑް ކަޕް ތަށިކަން ފާހަގަކޮށްލެވެ އެވެ. އަދި މިއީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ކެރިއަރުގައި ހޯދި ފުރަތަމަ ވޯލްޑް ކަޕް ތަށިވެސް މެ އެވެ.
މެސީ ވަނީ ވޯލްޑް ކަޕް ލިބުނަސް ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ބުނެފަ އެވެ. އަދި ޗެެމްޕިއަނެއްގެ ގޮތުގައި ގައުމީ ޓީމާއެކު ކުރިއަށްދާން ބޭނުންވާ ކަމަށްވެސް މެސީ ބުންޏެވެ.