އޭއެފްސީ ޗެލެންޖް ކަޕުގެ ގްރޫޕް ބީގެ މެޗްތަކުގެ ޓިކެޓުތައް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އައްޑޫގެ ރައްޔިތުންނަށް ހިލޭ ލިބޭ ގޮތަށް ހަމަޖައްސައިފިި އެވެ.
އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތަކަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަ އާދަމް އާޒިމް ވިދާޅުވީ އެސްޓީއޯއަކީ ފުޓުބޯޅަ އަށް ހާއްސަ އިސްކަމެއްދޭ ކުންފުންޏެއް ކަމަށާއި އައްޑޫގެ ރައްޔިތުންނަށް ފަސޭހަކޮށް މުބާރާތް ބަލާލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން އެފްއޭއެމް މެދުވެރިކޮށް 8،000 ޓިކެޓު ގަނެ އައްޑޫގައި ހުރި އެސްޓީއޯގެ ހަތަރު ފިހާރައިން ލިބޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
އާޒިމް ވިދާޅުވީ ހިތަދޫ، ފޭދޫ، މަރަދޫފޭދޫ އަދި ހުޅުމީދޫގައި ހުރި އެސްޓީއޯގެ ފިހާރަ ތަކުން ފުރަތަމަަ އަންނަ މީހުންނަށް ފުރަތަމަ ޓިކެޓު ލިބޭ އުސޫލުން ޓިކެޓް ލިބޭނެ ކަމަށެވެ.
އެފްއޭއެމްއިން މީގެ ކުރިން ބުނެފައިވަނީ އައްޑޫގައިި ކުޅޭ މެޗްތައް ހިލޭ ބެލުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.
މިއަދުގެ މެޗް ބެލުމަށް ގިނަ އަދަދެއްގެ ބަޔަކު ދަނޑަށް ވަންނާނެ ކަމަށް ގަބޫލް ކުރެވެއެވެ.
.