Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

އަފްގާން އަންހެނުންނަށް ޔުނިވަސިޓީ ތައުލީމު މަނާ!

އަފްގާނިސްތާންގެ އަންހެނުންނަށް ޔުނިވަސިޓީ ތައުލީމު މަނާކޮށްފި އެވެ.

ހަރުކަށި ތާލިބާނުންގެ ވެރިކަމެއް މިހާރު އޮތް ގައުމުގައި އަންހެނުން ޔުނިވަސިޓީތަކަށް ގޮސް މަތީ ތައުލީމު ހާސިލުކުރުން މަނާކުރިކަން އިއުލާންކުރީ އިއްޔެ އެވެ. އެކަމާ ބެހޭ ގޮތުން އަފްގާސްނިތާންގެ ހަޔަ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ އިއްޔެގެ ނިންމުން މިހާރުން މިހާރަށް ދެން ތަންފީޒުކުރަމުން ދާނެ ކަމަށެވެ.

އަންހެނުންނަށް ޔުނިވަސިޓީ ތައުލީމުގެ ފުރުސަތު ގެއްލުވާލި އިރު، އަންހެން ކުދިން ސާނަވީ ސްކޫލްތަކަށް ދިއުން ވެސް މިދިޔަ އަހަރު ވަނީ ހުއްޓުވައިފަ އެވެ.

އަފްގާނިސްތާނުން އިއްޔެ ނިންމި ނިންމުމާ ގުޅިގެން ބައިނަލްއަގްވާމީ ވަރަށް ގިނަ ފަރާތްތަކުން މިހާރު އަންނަނީ އެކަން ކުށްވެރިކޮށް، ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ. އެގޮތުން އދ. އިން ބުނީ އަންހެނުންގެ ތައުލީމަށް ތާލިބާން ސަރުކާރުން ހުރަސް އަޅައި އަންހެނުގެ ހައްގުތަކާއި ކުރިއެރުމަށް ހުރަސް އެޅުމަކީ ވަރަށް ބޮޑުވާ ކަނެއް ކަމަށެވެ.