Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ނިޝާމާގެ ހަށިގަނޑު ޕޮސްޓްމޯޓަމް ހަދަން ފޮނުވާލައިފި

ހދ. ނޮޅިވަރަމުގައި މަރުވެފައި އޮއްވާ ފެނުނު އަންހެން މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާލައިފިއެވެ.

ނިޝާމާގެ ހަށިގަނޑު އިންޑިއާއަސް ފޮނުވާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މިމަހުގެ 9 ވަނަ ދުވަހު، ނިޝާމާ މަރުވެފައި އޮއްވާ ފެނުނުއިރު މި މައްސަލައިގައި އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލަށް ތުހުމަތު ކުރެވި ވަނީ ހައްޔަރު ކޮށްފައެވެ. އެހެންނަމަވެސް ފުލުހުން ބެލުމުގެ ދަށުގައި ހުއްޓާ، އޭނާ ދަން ޖެހިފައި ހުއްޓާ ފެނިގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައެވެ.

ފައިސަލް މަރުވިނަމަވެސް، ނިޝާމާގެ މަރުގެ މައްސަލަ ތަހުގީގު ކުރާނެކަމަށް ފުލުހުން މައުލޫމާތުދެއެވެ.