Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

ޓްވިޓާ އަށް އޮތީ އާ ސީއީއޯއެއް ހޯދުން

ޓްވިޓާގެ ސީއީއޯގެ މަގާމުގައި އެ ކުންފުނީގެ އާ ވެރިޔާ މަހުޖަނު އީލޮން މަސްކް ހުންނަން ނުފެންނަ ކަމަށް އާންމުން ނިންމުމާ ގުޅިގެން އެ މަގާމު ދޫކޮށްލައްވަން އޭނާ ނިންމަވައިފި އެވެ.

މި ވާހަކަ މިއަދު ޓްވީޓް ކުރައްވައި އީލޮން ވިދާޅުވީ އާ ސީއީއޯ އަކު ހަމަޖެހުނުހާ އަވަހަކަށް އެ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަމަށެވެ. އޭގެ ފަހުން ދެން އޭނާ ޓްވިޓާގައި ލީޑް ކުރައްވާނީ އޭގެ ސޮފްޓްވެއާ އެންޑް ސާވާ ޓީމް ކަމަށް ވިދާޅުވި އެވެ.

ސީއީއޯގެ މަގާމުގައި އޭނަ ހުންނަން ފެނޭތޯ ޓްވިޓާގައި މިދިޔަ އާދީއްތަ ދުވަހު އަމިއްލަ އަށް ހުޅުވާލި ޕޯލްގައި އީލޮންއާ ދެކޮޅަށް 57.5 މީހުން ވޯޓް ދިން އިރު، އެއްކޮޅަށް ވޯޓް ދިނީ 42.5 މީހުންނެވެ. އެ ޕޯލްގައި ޖުމްލަ 17,502,391 މީހުން ބައިވެރިވި އެވެ.

އީލޮން 44 ބިލިއަން ޑޮލަރަށް ޓްވިޓާ ބައްލަވައިގަތީ އޮކްޓޯބަރު މަހު އެވެ.

އޭނާ ޓްވިޓާ ބައްލަވައިގަތް އިރު، އޭގެ ސީއީއޯގެ މަގާމުގައި ހުންނެވީ އިންޑިއާ އަށް ނިސްވަތްވާ ޕަރާގް އަގަރްވާލެވެ. ޓްވިޓާ މިލްކު ކުރެއްވުމަށް ފަހު އީލޮން ވަނީ ކުރީގެ ބޯޑް އުވާލައްވައިފަ އެވެ.