Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ނަޝީދުގެ ތާއީދު ފޯމުގައި ސޮއިކުރުން މިއަދު ހުޅުމާލޭގައި

ފޮޓޯ: ޔޫސުފް ޝާހު

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ތާއީދު ފޯމުގައި ސޮއިކުރުން މިއަދު ހުޅުމާލޭގައި ކުރިއަށްގެންދިއުމަށް ހަމަޖައްސައިފިއެވެ.

ރައީސް ނަޝީދުގެ ތާއީދު ފޯމުގައި ސޮއިކުރުން އިއްޔެ މާލޭގައި ކުރިއަށް ގެންގޮސްފައިވާއިރު، މިއަދު ހަވީރު 16:00 އިން ފެށިގެން ހުލުމާލޭގައި ތާއީދު ފޯމުގައި ސޮއިކުރުން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ހުޅުމާލޭގައި ތާއީދު ފޯމުގައި ސޮއިކުރުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކު ކުރިމަތީގައެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ތާއީދުކުރާ އެމްޑީޕީގެ 500 މެންބަރުންގެ ސޮއި ހުށަހަޅަންޖެހޭއިރު، ރައީސް ނަޝީދު ތާއީދު ފޯމުގައި މި އަަދަދު ހަމަވެފައިވާ ކަމަށް މައުލޫމާތުލިބެއެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނި 28 ޖެނުއަރީ 2023 ވާ ހޮނިހިރު ދުވަހުއެވެ. ޕްރައިމަރީގައި ވާދަކުރުމުގެ ފަހު ދުވަހަކީ 24 ޑިސެމްބަރ 2022 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އެވެ.

ރައީސް ނަޝީދުގެ ތާއީދު ފޯމުގައި ސޮއިކުރުން ކުރިއަށްގެންދާއިރު، ޕްރައިމަރީގައި ވާދަކުރައްވާ ރައިސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތާއީދު ފޯމުގައިވެސް ސޮއި ކުރުން އަންނަނީ ކުރިއަށްގެންދަމުންނެވެ.