Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

މާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފި

މާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.

ފުލުހުން ބުނެފައިވަނީ ހެންވޭރު ގެއެއްގެތެރޭގައި ދެ މީހެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދިފައިވާކަމުގެ މައުލޫމާތު މިއަދު 12:21 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި މާރާމާރީގައި ޒަހަމުވި މީހާއަށް ސެނަހިޔާ ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި ހަމަލާދިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް މައުލޫމާތުދީފައިވެއެވެ.

މި މާރާމާރީގައި ޒަހަމުވެފައިވަނީ 37 އަހަރުގެ ފިރިހެނެއް ކަމަށާއި، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރީ 25 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި މިހާތަނަށް ބެލި ބެލުމުން މިއީ އާއިލީ މައްސަލައެއްގެ ތެރެއިން ހިނގާދިޔަ މާރާމާރިއެއްކަން އެނގިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.