Last Updated: July 28, 13:59
Tuesday, July 28, 2026
ސިޔާސީ

ގިނަ ދުވަސްތަކަކަށް ފަހު އެމްޑީޕީގެ ބޮޑު ޖަލްސާއެއް ބާއްވަނީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އާންމު ބޮޑު ޖަލްސާއެއް ނުބާއްވާތާ ގިނަ ދުވަސްތަަކަކަށް ފަހު ބޮޑު ޖަލްސާއެއް ބާއްވަން އެ ޕާޓީން ނިންމައިފި އެވެ.

އެ ޕާޓީން ބުނީ މާދަމާ ރޭ ކާނިވަލު ސްޓޭޖްގައި ބޭއްވުމަށް ހަމަޖެހިފައި ވާ މި ޖަލްސާގައި، ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުންނާއި، ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުން ވާހަކަ ދައްކަވާނެ އެވެ.

މި ޖަލްސާގައި އެމްޑީޕީގެ މެންބަރުންނާއި، ޕާޓީއަށް ތާޢީދުކުރާ އަދި ހެޔޮއެދޭ ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެމްޑީޕީން އެދެ އެވެ. ޖަލްސާ ފަށާނީ މާދަމާ ރޭ 9:00 ގަ އެވެ.