Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ދެ މަސްތެރޭ ޔޫކޭ އިން މަހުގެ ޑިއުޓީ ކަނޑާލާނެ

ރާއްޖޭން އިނގިރޭސިވިލާތަށް ބޭރުކުރާ މަހުގެ ޑިއުޓީ ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެ ގައުމުން ކަނޑާލާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މަނިކުފާނުގެ ރަހުމަތްތެރި އިނގިރޭސިވިލާތުގެ ސަރުކާރުގެ ބައެއް ވެރިންގެ ފަރާތުން އެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

"ލަސްވެގެން މި އަންނަ ދެ މަސްތެރޭ ރާއްޖޭން ޔޫކޭ އަށް އެތެރެކުރާ މަހުގެ ޑިއުޓީ ކަނޑާލާނެ،" ނަޝީދު ވިދާޅުވި އެވެ. "މިއީ އުފާވެރި ޚަބަރެއް. މިކަން މި ވަނީ ރާއްޖެ އަށް ހެޔޮއެދޭ ބައެއް އިނގިރޭސި ވެރިންގެ ބޮޑު މަސައްކަތުން."

ރާއްޖޭން ޔޫރަޕްގެ ގައުމުތަކަށް ބޭރުކުރާ މަހުގެ ޑިއުޓީއާ ގުޅޭ ގޮތުން ބައެއް ގައުމުތަކުން ބައެއް ކަހަލަ ކަންކަމަށް ޑިމާންޑްތައް ކުރާތީ އެފަދަ ބައެއް ކަންކަމާ ގުޅިގެން ރާއްޖޭން އަބަދު ވެސް ރިވަޒޭވޭޝަނެއް ގެންގުޅެ އެވެ. ނަމަވެސް ޔޫރަޕަށް މަސް ބޭރުކުރަން ފުޅާކުރުމަކީ ހުރިހާ ސަރުކާރަކުން ވެސް މަސައްކަތްކުރާ ކަމެކެވެ.

ރާއްޖޭން ޔޫރަޕަށް ފޮނުވާ މަހުގެ ޑިއުޓީގެ ގޮތުގައި މިހާރު 22 ޕަސެންޓް ނަގަ އެވެ.