އައްޑޫ ފޭދޫ ފަތާ ޓްރެކް ސަރަހައްދުން ވިޔަފާރި އަށް ދެ ބިމެއް ކުއްޔަށް ދޭން ނިންމައިފި އެވެ.
ކައުންސިލުން ބުނީ އަހަރުގެ ދުވަހުގެ މުއްދަތަށް ދެ ބިން ކުއްޔަށް ދެނީ ގާޑިއާގެ ވިޔަފާރި އަށް ކަމަށެވެ. އެހެންވެ މި ދެ ބިމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ މި މަހުގެ 29 އާ ހަމައަށް ހުޅުވާލައިފަ އެވެ. ޕްރޮޕޯސަލްތައް ހުށަހަޅަން ޖެހެނީ އެ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން ފޭދޫ އަވަށު އޮފީހަށެވެ. އިތުރު މަޢުލޫމާތު 6892018 ނަންބަރުން ހޯދޭނެ އެވެ.

ކައުންސިލުން ބުނީ ފަތާ ޓްރެކް ސަރަހައްދުން ގާޑިއާ ވިޔަފާރި ހިންގަން ބިން ދޫކުރާ އިރު، ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި މައިގަނޑު ތިން ކަމަކަށް ބަލާނެ ކަމަށެވެ. އެއީ ފޭދޫ މީހަކަށްވުމާއި ސާފުތާހިރުކޮށް ތަން ޒީނަތްތެރި ކުރުމަށް ކުރާނެ ކަންތައްކުގެ އިތުރުން ގާޑިޔާގެ ކޮންސެޕްޓެވެ.
ފޭދޫ ފަތާ ޓްރެކް އޮންނާނީ ފޭދު އާއި ގަމާ ގުޅޭ ކޯޒްވޭ ދިމާލުގަ އެވެ. މި ސަރަހައްދުގައި މިހާރު ވެސް ކުޑަ ކެފޭއެއް ބަޔަކު ހިންގަ އެވެ.