Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ގުރައެއް ވަގަށް ނެގި މީހަކު ހޯދަނީ

މާލޭން ވަގަށް ގުރައެއް ނެގި މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީ އަށް އެދިއްޖެ އެވެ.

ފުލުހުން ބުނީ އޭނަ ހޯދަނީ މި އަހަރުގެ އޮގަސްޓް މަހުގެ 8 ވަނަ ދުވަހުގެ ވަގުތެއްގައި މާފަންނު ބިސްބުރު ކައިރި، ޖަވާހިރު ހިނގުމުން 3،500 ގެ އަގުހުރި ގުރައެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން މާފަންނު ޕޮލިސް ސްޓޭޝަންގެ ތަހުގީގަށް ކަމަށެވެ.

ނަަމަވެސް އެއީ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވާތީ އޭނަ ހޯދިފައި ނުވާ ކަމަށް ބުންޏެވެ.

އެެހެންވެ އޭނައާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅައި ހިއްސާކޮށް ދޭން ފުލުހުން އެދިފައިވެ އެވެ.