Last Updated: June 14, 17:57
Sunday, June 14, 2026
ޚަބަރު

ބައެއް ލީޑަރުން ކެމްޕޭން ކުރަނީ އަބުރަށް އަރަމުން

ސިޔާސީ ބައެއް ލީޑަރުން ކެމްޕޭންކޮށް ތާއީދު ހޯއްދަވަން މަސައްކަތް ކުރައްވަނީ އެހެން މީހުންގެ ބޮލުގައި ދޮގު ތުހުމަތާއި ވަގު ބަދުނާމު އަޅުއްވައިގެން ކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

އޭނަ މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ އެފަދަ ބޭފުޅުން ދެކެވަޑައިގަނަންވާ ގޮތުގައި އެންމެ އަމާނާތްތެރީ ވެސް އެ ބޭފުޅުންނެވެ.

"އެ ބޭފުޅުންގެ އެއްވެސް އަމިއްލަ އަށް އެދުމެއް ވެސް ނޯންނާނެ." މަވޯޓާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ ބައިވަރު ކޮންޓްރެކްޓްތައް ނަންގަވައިގެން ތިއްބެވި ބޭފުޅުންނާއި ސަރުކާރަށް ބޮޑުއަގުގައި ތަކެތި ވިއްކަވާ ބޭފުޅުން އެހެން މީހުންނާ ދިމާ އަށް އިނގި ދިއްކުރެއްވުމަކީ ހެއްވާ ވެސް ކަމެއް ކަމަށެވެ.

"ސަރުކާރުން އަޅުގަނޑު ކުރި ވައްކަމެއް، ހޯދި ނާޖާއީޒު މަންފާއެއް ނޯންނާނެ ކިތަންމެ ވަރަކަށް ސިޔާސީ ބޭނުމަށް އަބުރު ކަތިލިއަސް." މަވޯޓާ ވިދާޅުވި އެވެ.