Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ރައީސް ހަފުތާ ބަންދުގައި ގއ. އަތޮޅަށް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގއ. އަތޮޅަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުން ބުނީ މި ހަފުތާ ބަންދުގައި ރައީސް އެ އަތޮޅުގެ ތިން ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ ގއ. ދާންދު އާއި ނިލަންދޫގެ އިތުރުން މާމެންދު އެވެ.

މި ރަށްތަކަށް ރައީސް ކުރައްވާ ދަތުރުގެ ތެރެއިން ސަރުކާރުން އެ ރަށްރަށުގައި ހިންގާފައިވާ ތަރައްގީގެ ބައެއް މަޝްރޫއުތައް އިފްތިތާހުކޮށް ދެއްވާނެ އެވެ. މީގެ އިތުރުން ތިން ރަށުގެ ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާ ވެސް ރައީސް ބައްދަލުކުރައްވާނެ އެވެ.