Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

އެމްއައިބީގެ ބްރާންޗެއް ހުޅުމާލެ އަށް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބްރާންޗެއް ހުޅުމާލޭގައި ހުޅުވައިފި އެވެ.

އެ ބްރާންޗް ހުޅުވީ އަންގާރަ ދުވަހު އެވެ. އެތަން ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފްގެ އިތުރުން އެމްއައިބީގެ އެމްޑީ އަދި ސީއީއޯ މުފައްދަލް އިދްރީސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބްރާންޗް ހުންނަނީ ހުންނާނީ ހުޅުމާލޭ ފިތުރޯނު މަގުގެ "ވަން އެވެނިއު" އިމާރާތުގަ އެވެ.

އެމްއައިބީން ބުނީ ހުޅުމާލެ ބްރާންޗަކީ މާލޭގެ ބްރާންޗަށް ނުގޮސް ހިދުމަތް ހޯދޭނެ ތަނެކެވެ. މި ބްރާންޗް ހުޅުވައި ހިދުމަތް ދޭން ދެމުން އަންނަނީ ހަ ކައުންޓަރަކުންނެވެ. ނަމަވެސް ތިން ކައުންޓަރެއް އަންނަ އަހަރުގެ ކުރީކޮޅު އިތުރު ކުރާނެ އެވެ.