އެކްޓަރު ވަރުން ދަވަންގެ ބޭބެ ރޯހިތު ދަވަން ޑައިރެކްޓްކުރި ފުރަތަމަ ފިލްމު "ދޭސީ ބޯއިސް" ގެ ސީކްއެލްއެއް ހަދަން ނިންމައިފި އެވެ.
ދެހާސް އެގާރައިގައި ރިލީޒްކުރި ފިލްމުގެ ދެވަނަ ބައި ހަދަނީ އެ އުފެއްދި ކުންފުނި، އިރޯސް އިންޓަނޭޝަނަލް އާއި ޕްރޮޑިއުސަރު އާނަންދު ޕަންޑިތު ގުޅިގެންނެވެ. ނަމަވެސް އަދި "ދޭސީ ބޯއި" ގެ ޑައިރެކްޓަރާއި ކާސްޓުން އިއުލާނެއް ނުކުރެ އެވެ. އަދި ފުރަތަމަ ބައިގެ ތަރިން ދެ ވަނަ ބައިން ފެންނާނެ ކަމެއް ވެސް ޔަގީނެއް ނުވެ އެވެ.
ރޮމޭންޓިކް ކޮމެޑީއެއްގެ ގޮތުގައި "ދޭސީ ބޯއިސް" ގެ ތަރިންނަކީ ޖޯން އަބްރަހަމާއި ދީޕިކާ ޕަދްކޯނާއި އަކްޝޭ ކުމާރުގެ އިތުރުން ޗިތުރަންގަދާ ސިންގް އެވެ. މި ފިލްމަކީ ބޮކްސް އޮފީހުގައި އެވްރެޖް ވިޔަފާރިއެއް ކުރި އެއްޗެކެވެ.
"ދޭސީ ބޯއިސް" ގެ ފަހުން މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ދަވަންގެ ދޮށީ ދަރިފުޅު ރޯހިތު ހެދި ފިލްމަކަކީ ކޮއްކޮ ވަރޫން އާއި ޖޯން އަދި ޖެކްލިން ފެނާންޑޭޒްގެ 2016 ގެ "ޑިޝޫމް" އެވެ. އޭނަ ފެބްރުއަރީ މަހު ކާތިކް އާރިއަނާއި ކްރިތީ ސެނަންއާ އެކީ ތިން ވަނަ ޑައިރެކްޝަން "ޝެހެޒާދާ" ގެނެސްދޭނެ އެވެ.