Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އައްޑޫގެ ގެސްޓްހައުސްތައް ތައްޔާރުވާން ޖެހޭ

ފްލައި ދުބާއީ ދަތުރުތަށް ފަށަންވާ އިރަށް އައްޑޫގެ ގެސްޓް ހައުސްތައް ވެސް އެކަމަށް ފުރިހަމަ އަށް ތައްޔާރުވާން ޖެހޭ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި ވެ.

ފްލައި ދުބާއީގެ ދަތުރުތަށް ފެށުމާއި ގުޅޭ ގޮތުން އާންމުންނާއ ވިޔަފާރިތަކަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވެއްމުގައި، އައްޑޫގައި ޓޫރިޒަމް އެންދުތަށް ތަރައްޤީ ކުރުމަށް ކުރެވޭ މަސައްކަތަށް ވަނީ އަލިއަޅުވައިފައެވެ. އެގޮތުން މިހާރު ވެސް 1،500 އެއްހާ އެނދު އައްޑޫގައި ހުރިއިރު ރަޖިސްޓްރީކޮށްފައި ވަނީ 18 ގެސްޓް ހައުސްއެއްކަން ވަނީ ފާހަގަކޮށްފައެވެ.

ބުދަ ދުވަހުގެ ރޭ އައްޑޫ ހައި ސްކޫލުގައި ބޭއްވި ބައްދަލުވުމުގައި ހިތަދޫ ރަސްގެދަރި ދާއިރާގެ ކައުންސިލަރު އަދި ކައުންސިލުގެ ޓުއަރިޒަމް ކޮމެޓީގެ މުޤައްރިރު ހުސެއިން ޒަރީރު ވިދާޅުވީ، އައްޑޫގައި ހުރި ގެސްޓް ހައުސްތަކުގެ ތެރެއިން ހުރިހާ ކަމެއް ފުރިހަމަކޮށްގެން ހިންގާނީ 18 ގެސްޓް ހައުސްގެ ތެރެއިން ދެބައިކުޅައި އެއްބައި ގެސްޓް ހައުސް ކަމަށް ވިދާޅުވި އެވެ. އަދި ފުރިހަމަ ނުވެ ހުރި ކަންކަމަކީވެސް ބޮޑެތި ކަންކަމަށް ވުރެ ބޮޑަށް ކުދި އަދި ފަސޭހައި ފުރިހަމަ ކުރެވޭނެ ކަންކަން ފާގަކޮށް އެކަންތައް ފުރިހަމަ ކުރުމަށް ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ފަތުރުވެރިންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދީ އެކި ބޭނުންތަކަށް ވެބްސައިޓަކާއި އެޕްލިކޭޝަނެއް ތައްޔާރު ކުރެވި މަސައްކަތް ކުރެވެމުންދާ ކަން ވަނީ ހާމަކުރައްވާފައެވެ.

ފްލައި ދުބާޢީގެ ދަތުރުތަށް އައްޑޫއަށް އަންނަ އަހަރު ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ދަތުރުތަށް ފަށާނެއެވެ. މިއާއެކު ކޮންމެ ދުވަހަކުވެސް ފްލައިޓެއް ބާއްވާނެ ކަން ވަނީ ހާމަކޮށްފައެވެ. މިއާއެކު ދެމެހެއްޓެނި ގޮތެއްގައި ދަތުރުތަށް ކުރިއަށް ގެންދިއުމަށް ކުރެވެން ހުރި މަސައްކަތް ކުރަމަމުން އަންނަ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ.

މިގޮތުން އައްޑޫ ވެށި ސާފު ކުރުމާއި، ޓުއަރިސްޓް ބީޗު ތަރައްޤީ ކުރުމުގެ އިތުރުން، ސަރުކާރުންވެސް ލިބެން ހުރި ހުރިހާ ލުޔެއް ހޯދައިދީ ޓޫއަރިޒަމް ޒޯންތައް ވެސް ތަރައްޤީ ކުރުމަށް މަސައްކަތް ކުރަމުންދާ ކަން ވަނީ ހާމަކުރައްވާފައެވެ.