Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އެޗްޑީސީގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް

ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން / ފޮޓޯ: ކޮރަލް ގްލާސް

އެޗްޑީސީން ހުޅުމާލޭގައި ދެމުން އައި ހުރިހާ ޙިދުމަތެއް މިހާރު މައި ހުޅުމާލޭ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ލިބޭނެ ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.

ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން މިކަން ހާމަކޮށް ބުނެފައިވަނީ އެޗްޑީސީ ދެމުންދާ ޙިދުމަތްތައް މީގެ ކުރީން ދެމުން އައި ކަރުދާސް ފޯމުގައި ކަމަށްވެފައި ޙިދުމަތް ހޯދާ ފަރާތްތަކުން ދިގު ކިއުގައި މަޑު ކުރަން ޖެހޭ ކަމަށެވެ. އަދި މިގޮތަށް ހުށަހަޅާ ފޯމްތަށް ޕްރޮސެސްވާން ގިނަ ވަގުތު ހޭދަވެ އާންމު ރައްޔިތުންނަށް ބޮޑެތި ތަކުލީފާއި ކުރިމަތިލާން ޖެހޭ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

އެޗްޑީސީން ބުނީ މައި ހުޅުމާލޭ ޕޯޓަލް މެދުވެރިކޮށް އެޗްޑީސީންގެ ދެމުންދާ ހުރިހާ ޙިދުމަތެއް ލިބިގެން ދާނެ ކަމަށެވެ. އަދި ހުޅުމާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ބޭނުންވާ މުހިންމު މައުލޫމާތުވެސް މި ޕޯޓަލް މެދުވެރިކޮށް ލިބިގެން ދާނެ ކަމަށް އެޗްޑީސީން ބުނެއެވެ. މިގޮތުން ހާއްސަ ހަފްލާތައް ބޭއްވުމަށް ކުންފުނިން ދޫކުރާ ޖާގަތައް ބުކް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. އެޗްޑީސީން މިހާރު ފަރުކޮޅުފުށީގެ ކޯޓު ޔާޑު ހާއްސަ ހަފްލާތަކަށާއި އަދި ހަރަކާތްތަކަށް ދޫކުރުމަށް ވަނީ ފަށާފައެވެ.

މީގެ އިތުރުން މަގު ބަނދުކޮށްގެން ކުރާ މަސައްކަތްތައް ކުރުމަށް ހުައްދައަށް އެދުމަށްވެސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. އެޗްޑީސީގެ ހުރިހާ ޙިދުމަތެއް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު ހުޅުމާލޭ ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް އެޗްޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ.