Last Updated: June 12, 11:16
Friday, June 12, 2026
ރިޕޯޓް

ޗުއްޓީ އަށް ފުރުމުގެ ކުރިން ސަމާލުވޭ!

ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި މި ފެށުނު ޗުއްޓީ އަކީ އަމާން ރައްކާތެރި އުފާވެރި ޗުއްޓީއަކަށް ވުމަށް ކޮންމެ މީހަކުވެސް އެދޭނެއެވެ. ޗުއްޓީއަށް ރަށުން ބޭރަށް ފުރަންދިއުމަށް ގެއިން ނުކުތުމުގެ ކުރިން މިކަންކަމަށް ސަމާލުކަންދެމާ ހިނގާށެވެ. މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށާއި ހިނގާފާނެ ހާދިސާއަކުން ރައްކާތެރިވުމަށެވެ.

ގެއްލިދާނެ! ތަޅުލާ

ޗުއްޓީއަށް ދިއުމަށް ރަށުން ބޭރަށް ފުރަންދާން ގެއިން ނުކުތުމުގެ ކުރިން ގެދޮރު ރަނގަޅަށް ތަޅުލެވުނުތޯ ޔަގީންކޮށްލާށެވެ. ފެންލައިޓް، ވައިގޮޅި، ގޭގެ ކުޑަދޮރުތައް އަދި ބެލްކަނި ދޮރުވެސް ތަޅުލެވުނުތޯ ޔަގީންކޮށްލާށެވެ. ގޭ ދޮރުމަތީގައި އޮންނަ ފައިފުހި ދަށުގައި ނުވަތަ ފައިވާން ހަރުގައި ހުންނަ ބޫޓު ތެރެއަށް ލާފައި ތަޅުދަނޑި ނުބާއްވާށެވެ.

ދުވާލަކު އެއްފަހަރު، ގެދޮރު ބެލޭނެ އިންތިޒާމު ހަމަޖައްސާފައި ދިއުމާއި ގެ ތަޅުލާފައިދާނަމަ ގޭގައި އަލިކަން ބަހައްޓާށެވެ. ނުވަތަ ރޭގަނޑުގެ ވަގުތުގައި ގެ ދިއްލައި، ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމަށް ޒިންމާދާރު ކޮންމެވެސް މީހަކާ ހަވާލުކުރާށެވެ. އެއީ މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެކެވެ.

ގޭގައި ހުންނަ އަގުބޮޑެތި އުފުލޭ މުދާ ރައްކާތެރިކުރާށެވެ. ލެޕްޓޮޕް، އައިޕެޑް، ޓެބްލެޓް، ގަހަނާ އަދި އެހެނިހެން ތަކެތި، ތަޅުލެވޭ ތަނެއްގައި ރައްކާކުރުމަކީވެސް މުދަލުގެ ރައްކާތެރިކަމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ. ގޭގައި ގިނަ އަދަދެއްގެ ފައިސާ ނުބަހައްޓާށެވެ.

އަލިފާނުގެ ހާދިސާއެއް ހިނގުމަށް މަގުފަހި ނުވާނޭހެން ރައްކާތެރިވޭ

ޗުއްޓީ އަށް ފުރަން ދިއުމަށް ގެއިން ނުކުތުމުގެ ކުރިން، ގޭތެރޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމުުގެ ފިޔަވަޅުއަޅާށެވެ. ގޭސް ލީކުވާގޮތަށް ހުރިނަމަ އެކަން ރަނގަޅުކޮށްލާށެވެ. ނުވަތަ ގޭސްފުޅި ރެގިއުލޭޓަރ ނައްޓައިލާށެވެ. ގޭތެރޭގެ ކަރަންޓުގެ ހާލަތު ރަނގަޅުތޯ ކަށަވަރުކުރުމާއެކު ކަރަންޓު ޝޯޓޭޖެއް އައިސްގެން ނުވަތަ އެނޫންވެސް ގޮތަކުން ވިޔަސް އަލިފާނުގެ ހަދިސާއެއް ނުހިނގާނެ ފަދަ ގޮތަކަށް ގޭތެރޭގެ ކަންކަން ހަމަޖައްސާށެވެ. ބޭނުންނުކުރާ ހުރިހާ ތަނެއް ކަރަންޓު ސްވިޗް އޮފްކޮށް ކަރަންޓުގެ ސަބަބުން ނުރައްކާތެރި ހާލަތަކަށް ކަމެއް ދިއުން ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ މުހިންމު ކަމެކެވެ. އޭގެ އިތުރުން، ފެން ލީކުނުވާނޭހެން އިސްކުރުތައް ރަނގަޅަށް ބަންދުކުރާށެވެ.

ސައިކަލަށް ރައްކާތެރިވޭ

ތިމާ ދުއްވާ ސައިކަލުގެ ސަލާމަތާއި ރައްކާތެރިކަން ޗުއްޓީއަށް ފުރުމުގެ ކުރިން ކަށަވަރުކުރާށެވެ. އެގޮތުން، މާލޭގައި ނަމަ ރޭގަނޑު އަލިކަން ހުންނަތަނެއް ނުވަތަ އާންމުކޮށް މީހުން ވަދެނުކުމެހަދާ މަގެއް ނުވަތަ ސީސީޓީވީ ކެމެރާ ހުންނަ އަދި ރައްކާތެރި ސަރަހައްދެއްގައި ސައިކަލު ޕާކުކުރާށެވެ. ހުންގާނު ލޮކްކޮށް އަދި ޝަޓަރ ވެސް ލޮކްކޮށްލާށެވެ. ތަޅުދަނޑި ޖަހާފައި ނުބަހައްޓާށެވެ. ނުވަތަ އިތުބާރުކުރެވޭ ޒިންމާދާރު މީހަކާ ހަވާލުކުރާށެވެ.

ނިންމައިލުމުގެ ކުރިން އަދި ދެ ކަމެއް ފާހަގަކޮށްލާނަމެވެ. ޗުއްޓީ ދުވަސްވަރަކީ ދަތުރު ދިއުމާއި މޫދަށް އެރުންވެސް އިތުރުމިއީ ފުލުހުންގެ އާޓިކަލެކެވެ.ވާނެ ދުވަސްވަރެކެވެ. އެހެންކަމުން ދަތުރު ދިއުމާއި މޫދަށްއެރި އުޅުމުގައި ތިމާއާއި އަނެއްކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަންދޭށެވެ. އޮޔާއި ދިޔަވަރަށް ވިސްނައި މޫދަށް އެރުމުގެކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅާށެވެ. ވަކިން ހާއްސަކޮށް، މޫދަށްއެރި އުޅުމުގައި ކުޑަކުދިންގެ ކޮންމެ ހަރަކާތެއް ވީހާވެސް ގާތުން ބަލައި އެކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭށެވެ.

މަކަރާއި ހީލަތުން ފައިސާ އާއި މުދާ ހޯދުމަށް ކުރަަމުންދާ ކަންކަމުން ރައްކާތެރިވުމަށް މަސައްކަތްކުރާށެވެ. އެކި ޕްރޮމޯޝަންތަކުގެ ނަމުގައާއި ހަދިޔާ ލިބިގެންކަމަށްބުނެ ގުޅާ މީހުންނަށް ޖަވާބުދާރީ ނުވާށެވެ. ކޭޝްކާޑުގެ މައުލޫމާތާއި އޯޓީޕީ ކޯޑު ފަދަ މުހިންމު މައުލޫމާތު ހިއްސާނުކުރާށެވެ.

ހުރިހާ ބޭފުޅުންނަށް ވެސް އުފާވެރި ޗުއްޓީއަކަށް އެދެމެވެ.

އެޑިޓަރުގެ ނޯޓް: މިއީ ފުލުހުންގެ އާޓިކަލެކެވެ.