Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ރައީސަށް ކުރަނީ ތަރައްގީ އަށް ދޭ އިތުބާރެއް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރައްޔިތުން ކުރާ އިތުބާރަކީ މުޅި ގައުމު ތަރައްގީކުރަން ދޭ އިތުބާރެއް ކަމެއް ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.

އަންނަ މަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީ އަށް ރައީސް ތާއީދު ހޯދަން ސޮއިކުރަން ފެށި ފޯމްތަކުގެ ތެރެއިން ފޯމްތަކެއް ކެމްޕޭން މެނޭޖަރު އަހުމަދު ނާޝިޒާ ހަވާލުކުރުމާ ގުޅިގެން ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސަށް ބޮޑު ތާއީދެއް ޕްރައިމަރީގައި ލިބޭނެ ކަމަށެވެ.

"ކުރިއަށް ބާރަށް ކުރިއަށް." އޭނަގެ ޓްވީޓް ނިންމަލާ ލައްވަމުން ހޭޝްޓެގަކީ އެކީ ވިދާޅުވީ އެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 28 ގަ އެވެ. އޭގައި ރައީސާ އެކީ ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި ނަޝީދު ވަނީ ރޭ ވަނީ ޕްރައިމަރީ އަށް ފޯމްތައް ހުށަހަޅުއްވައިފަ އެވެ.

ޕްރައިމަރީގައި ވާދަކުރެވެނީ ވާދަކުރުމަށް ތާއީދުކުރާ އެމްޑީޕީގެ 500 މެންބަރުންގެ ތާއީދު ފޯމު ހުށަހެޅުމުންނެވެ.