Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ކެމްޕޭނަށް އިޝްތިހާރު ޖެހޭނީ ހުއްދައާ އެކީ

ސިޔާސީ ޕާޓީތަކުގެ ކެމްޕޭންތަކަށް ޕޯސްޓަރާއި ބެނާ ފަދަ އެއްޗެހި މާލެ ތެރޭގައި ބެހެއްޓުމަށް މާލެ ސިޓީ ކައުންސިލުން ހުއްދަ ނަގަން ޖެހޭނެ ކަމަށް ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ އަންނަ އަހަރު ބާއްވާ ރިއާސީ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓެއް އައްޔަށް ކުރެއްވުމަށް ޕާޓީތަކުގައި ބާއްވާ އިންތިޚާބުތަކާއި އަންނަ އަހަރު ބާއްވާ ރިއާސީ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ފަރާތުންނާއި ޕާޓީތަކުން ވާދަ ކުރައްވާ ކެންޑިޑޭޓަށް ކެމްޕޭން ކުރެއްވުމަށް ތައްޔާރުކުރައްވާ ޕޯސްޓަރުތަކާއި ބެނާތައް މާލޭގެ މަގުތަކާއި އާންމު ތަންތަނުގައި ބެހެއްޓުމައި ހިއްޕުމަށް އެދޭ ފަރާތްތަކުން ހުއްދަ ހޯދުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ ހުއްދަ ނުހީދައި އެކަން ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

އެހެންވެ މާލޭގެ މަގުތަކާއި އާންމު ތަންތަނުގައި ކައުންސިލްގެ ހުއްދަ ނެތި އިސްތިހާރު ނުވަތަ ބެނާ ހަރުކޮށްފި ނަމަ އެފަދަ އިސްތިހާރެއް ނުވަތަ ބެނާއެއް ހިއްޕި ވި ނުވަތަ ދެމި ފަރާތެއް ދުވާލަކަށް 1،000ރ. ގެ މަގުން ޖޫރިމަނާ ކުރާނެ ކަމަށް ކައުންސިލުން ބުންޏެވެ.

"އެފަދަ އިސްތިހާރެއް ނުވަތަ ބެނާއެއް މާލޭ ސިޓީ ކައުންސިލުގެ ހުއްދަ ނެތި ބަހައްޓާފައިވާ ނަމަ އެފަދަ އިސްތިހާރާއި ބެނާތައް ވަގުތުން މި ކައުންސިލުގެ ބެލުމުގެ ދަށުން ނަގާ ނައްތާލެވޭނެކަމުގައި ދެންނެވީމެވެ. އަދިކައުންސިލުގެ ހުއްދަނެތި މާލޭ ސިޓީގެ މަގުތަކާއި އާންމު ތަންތަނުގައި ދަމާފައިވާ ބެނާއާއި ހިއްޕާފައިވާ އިސްތިހާރުތައް ނަގާ ނައްތާލުމުގައި މި ކައުންސިލުން ޒިންމާ ނުވާނެވާހަކަވެސް ދަންނަވަމެވެ." ކައުންސިލުން ބުންޏެވެ.