Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ހުޅުދޫ މީހަކު ހައްޔަރުކޮށް ދޫކޮށްލާފައި ވަނިކޮށް އަނެއްކާ ވެސް ހައްޔަރުކޮށްފި

ހުޅުމީދޫގައި ފުލުހުން ހަރަކާތެރި ވަނީ.

ޑިސެމްބަރު މަހުގެ ތެރޭގައި ސ. ހުޅުދޫ މެގަޓްރެކް ފިހާރައިގެ ބިއްލޫރިގަޑު ތަޅާލުމަށް ފަހު ވައްކަން ކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެ ރަށު ކޮކާ ހަނދުވަރުގޭ އިލްޔާސް ފުވާދު ފުލުހުންގެ ބެލުމުގެ ދަށުން ދޫކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީސް މަސްތުވާތަކެތީގެ މައްސައެއްގައި އަނެއްކާވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ހުޅުމީދޫގައި ހިންގި އޮޕްރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ރަބަރު ޕެކެޓްތަކަކާ އެކު އިލްޔާސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މި މަހުގެ 5 ވަނަ ދުވަހު އެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި ކޯޓް އަމުރުގެ ދަށުން 7 ދުވަހުގެ މުއްދަތަށް އިލްޔާސް ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ބަންދުކުރެވިފަ އެވެ.

އޭނާއަކީ ފެބްރުއަރީ 8، 2012 ގައ ހުޅުދޫ މެޖިސްޓްރޭޓް ކޯޓްގައި ހުޅު ޖަހައި އަންދާލި މައްސަލައިގައި ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހެކެވެ.