މަހުޖަނު އީލޮން މަސްކްގެ ސްޕޭސް އެކްސް އަށް ދެކުނުގެ ކޮރެއާގެ ކުންފުންޏަކުން އިންވެސްޓްކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރޮއިޓާސް އިން ބުނި ގޮތުގައި ދެކުނު ކޮރެއާގެ މިރާއީ އެސެޓް ފައިނޭންޝަލް ގްރޫޕުން ސްޕޭސް އެކްސް އަށް އިންވެސްޓްކުރަން ނިންމާފައި ވަނީ ޖުމްލަ 93 ބިލިއަން ވޮން (72.43 މިލިއަން ޑޮލަރު) އެވެ. އަދި މި މުއާމަލާތް އަންނަ މަހުގެ ތެރޭގައި ރަސްމީކޮށް ދެ ކުންފުނީގެ މެދުގައި ކުރާނެ އެވެ.
މީޑިއާތަކުން ބުނި ގޮތުގައި ސްޕޭސް އެކްސް އަށް މިރާއީ އެސެޓް ފައިނޭންޝަލް ގްރޫޕުން ކުރަން ނިންމާފައިވާ އިންވެސްޓްމަންޓަށް ބަލާ އިރު، އެ ކުންފުނީގެ ސަބްސިޑަރީގެ ގޮތުގައި ހިންގަމުން އަންނަ މިރާއީ އެސެޓް ސެކިއުރިޓީސް އިން ޖުމްލަ 88.5 ބިލިއަން ވޮން އަދި މިރާއީ އެސެޓް ކެޕިިޓަލް އިން 4.5 ބިލިއަން ވޮން އިންވެސްޓްކުރާނެ އެވެ.
ސްޕޭސް އަކީ ޖައްވީ އަދި އިންޓަނެޓް ފަދަ ވަސީލަތްތަކަށް ހާއްސަކޮށްގެން ހިންގަމުން އަންނަ ކުންފުންޏެވެ. އެގޮތުން "ސްޓާލިންކް" އިންޓަނެޓަކީ ސްޕޭސްގެ އެކްސްގެ ޕްރޮޖެކްޓެކެވެ. ސްޕޭސް އެކްސް ވުޖޫދަށް ގެނައީ 2002 ގަ އެވެ.
މީގެ ވެރިޔާ އީލޮން އަކީ ޓެސްލާ އާއި ޓްވިޓާގެ ވެސް ވެރިޔާ އެވެ.