ޑައިރެކްޓަރު އަޒްހާން އިބްރާހީމްގެ އާ ސީރީޒް ޕްރީމިއާކުރާ ތާރީހާ އެކީ އޭގެ ޓީޒާ ޓްރެއިލާއެއް އާންމުކޮށްފި އެވެ.
މި ސީރީޒް ބައިސްކޯފުން ޕްރީމިއާކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 7 އެވެ. "މިރާއީ" އަކީ ހަތަރު މީހެއްގެ ވާހަކައެއް ފެނިގެންދާނެ އެއްޗެކެވެ. މީގެ ލީޑް ކާސްޓްގައި އުޅެނީ ވާޝިޔާ މުހައްމަދު (ޝިޔާ) އާއި ޝަރަފު އަބްދުﷲ އާއި މުހައްމަދު އިޝްފާންގެ އިތުރުން އަލަށް ތައާރަފުވާ އައިޝަތު ޝާޔާ (ޗޮއްކު) އެވެ.
"މިރާއީ" ޕްރީމިއާކުރާ ތާރީހު އިއުލާންކުރި އިރު، މީގެ ޕްރޮމޯޝަނަލް ލަވަ "އުމުރަށް" މާދަމާ ބެލުންތެރިންނަށް ދޫކޮށްލެ އެވެ.
މި ސީރީޒަކީ އަޒްހާންގެ ދެވަނަ ސީރެވެ. އޭނަ ކުރިން ގެނެސްދިނީ ކްރައިމް ޑްރާމާ ޖޯންރާގެ "ދަރަކަ" އެވެ.