Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ގައުމީ އަންހެން ވޮލީ މުބާރާތަށް ހުޅުވާލައިފި

ގައުމީ އަންހެން ވޮލީ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

ވޮލީ ވޯލް އެސޯސިއޭޝަނުން ބުނީ އަންނަ މަހުގެ 21-31 އަށް ބާއްވަން ހަމަޖެހިފައިވާ މުބާރާތުގައި ބައިވެރިވާން ބޭނުންވާ އެސޯސިއޭޝަންގެ މެމްބަރު ކްލަބުތަކާއި ޖަމިއްޔާތަކަށް އަންނަ މަހުގެ 10 އާ ހަމައަށް ފުރުސަތު ހުޅުވާފައިވާ ކަމަށެވެ. ވާދަކުރަން އެދި ހުށަހަޅާ ޓީމްތަކުން ޓީމް ލިސްޓް ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 15 ގެ މެންދުރު ފަހު 12:00 ގެ ކުރިންނެވެ.

ގައުމީ އަންހެން ވޮލީ މުބާރާތުގެ ފޯމް އެސޯސިއޭޝަނުން ލިބޭނެ އެވެ. އިތުރު މައުލޫމާތު 3317015 ނަމްބަރުން ލިބޭނެ އެވެ.

މުބާރާތުގެ ކުޅުން ބާއްވަން ހަމަޖެހިފައި ވަނީ މާލޭގެ ޒުވާނުންގެ މަރުކަރުގެ އިންޑޯ ހޯލުގަ އެވެ.