ފުލުހުންނާ މާރާމާރީ ހިންގި އަންހެނަކު މާލޭން ހައްޔަރުކޮށް، ބަންދަށް މުއްދަތު ޖަހައިފި އެވެ.
ނ. ލަންދު އަށް ނިސްބަތްވާ 27 އަހަރުގެ އެ އަންހެން މީހާގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން ޖެހީ 10 ދުވަހެވެ. ފުލުހުން އޭނާގެ މައްޗަށް ކުރަނީ ފުލުހުންގެ ދައުރަށް ހުރަސް އަޅައި، މާރާމާރީ ހިންގުމުގެ ތުހުމަތެވެ.
ނަމަވެސް މި ހާދިސާއާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.