Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ބީއޭގެ ޝެޑިއުލް ދަތުރުތައް އަންނަ އަހަރު

ބްރިޓިޝް އެއާވޭސް (ބީއޭ) އިން ފުރަތަމަ ފަހަރަށް ޝެޑިއުލް ދަތުރުތަށް ރާއްޖެ އަށް އަންނަ އަހަރު ފަށާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެ ކުންފުންޏާ ހަވާލާދީ ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ބުނީ އިނގިރޭސިވިލާތުގެ ގައުމީ އެއާލައިންގެ ޝެޑިއުލް ދަތުރުތައް އަންނަ އަހަރު ފަށާނެ ކަމަށެވެ. ބީއޭ އަކީ މިހާރު ވެސް ފިނި މޫސުމާ ދިމާކޮށް ރާއްޖެ އަށް ދަތުރުތަކެއް ބާއްވަމުން އަންނަ އެއާލައިނެކެވެ. ނަމަވެސް އަންނަ އަހަރުން ފެށިގެ އެ އެއާލައިނުން ރާއްޖެ އަށް މެދުކެނޑުމެއް ނެތި ޝެޑިއުލް ދަތުރުތައް ކުރާ ގޮތަށް ހަމަޖެހިފައިވެ އެވެ. އެކަމަކު އަދި މި ދަތުރުތަކުގެ ތަފުސީލެއް އެމްއޭސީއެލުން ހާމައެއް ނުކުރެ އެވެ.

ބީއޭގެ ޝެޑިއުލް ދަތުރުތައް ރާއްޖެ ފަށާއިރު އިނގިރޭސިވިލާތަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ. އެގޮތުން އެ ގައުމަކީ މި އަހަރު ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމު ވެސް މެ އެވެ. އެއީ މާކެޓް ޝެއާ ބަލާ އިރު ރާއްޖޭ އަންނަ ޓޫރިސްޓުންގެ 10.8 ޕަސެންޓެވެ.