Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ހަ ވަނަ ޓީޗާސް ކޮންފަރެންސް ފަށައިފި

ހަ ވަނަ ޓީޗާސް ކޮންފަރެންސް މިއަދު ހދ. ކުޅުދުއްފުށީގައި ފަށައިފި އެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ބާއްވާ ހަ ވަނަ "އިންޓަނޭޝަނަލް ޓީޗަސް ކޮންފަރެންސް" ފައްޓަވައި ދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ފަސްޓްލޭޑީ ފަޒްނާ އަހުމަދެވެ.

މިއަދާއި މާދަމާ އަށް ކުރިއަށް ގެންދާ ޓީޗާސް މިކޮންފަރެންސްގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ 220 އަށް ވުރެ ގިނަ ޓީޗަރުން ބައިވެރިވެ އެވެ. ރާއްޖެން ބޭރުން ޓީޗަރުންގެ ބައިވެރިވާ ގައުމުތަކުގެ ތެރޭގައި ބަންގްލަދޭޝް، އިންޑިއާ، މެލޭޝިއާ އަދި ތުރުކީގެ ޓީޗަރުން ހިމެނެ އެވެ.

މި ކޮންފަރެންސްގައި ތަފާތު އެކި ދާއިރާތަކުން 43 ޢިލްމީ ދިރާސާ ކަރުދާސް ހުށައަޅައި، ހަތަރު ވޯކްޝޮޕް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން ތަޢުލީމީ ދާއިރާއާއި ގުޅޭ ދެ ޕެނަލް ޑިސްކަޝަނެއް ވެސް ކުރިއަށް ގެންދާނެ އެވެ.

"އިންޓަނޭޝަނަލް ޓީޗަސް ކޮންފަރެންސް" އަކީ ކޮންމެ ދެ އަހަރަކުން އެއް ފަހަރު ބާއްވަމުން އަންނަ ތަޢުލީމީ ދާއިރާގެ އެންމެ ބޮޑު ކޮންފަރެންސެވެ.

މި މިކޮންފަރެންސް އެންމެ ފަހުން 2019 ގައި ބޭއްވީ އައްޑޫ ހިތަދޫގަ އެވެ.