ބޮލީވުޑްގެ އެކްޓަރު ބޮބީ ޑިއޯލް ތެލެގޫ ފިލްމަކަށް ސޮއިކޮށްފި އެވެ.
މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ 53 އަހަރުގެ އެކްޓަރު ސޮއިކުރީ މަޝްހޫރު ތެލެގޫ އެކްޓަރު ޕަވަން ކަލިއަންގެ ޕީރިއަޑް އެކްޝަން އެޑްވެންޗަ ފިލްމު "ހަރީ ހަރާ ވީރަ މައްލޫ" އަށެވެ. ކަންގަނާ ރަނާވަތުގެ 2019 ގެ "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" ގެ ޑައިރެކްޝަނުގައި ވެސް ހިއްސާވި ކްރިޝް ޑައިރެކްޓްކުރާ މި ފިލްމަކީ ތެލެގޫގެ އިތުރުން ހިންދީ، ތަމަޅަ، މަލަޔާޅަމް އަދި ކަންނާޑާ ބަހުން ވެސް ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ.
ކާސްޓްގައި ނިދީ އަގަރްވާލާއި ނަރުގިސް ފަހްރީ އާއި ވިކްރަމްޖީތު ވާކްގެ އިތުރުން އަދިތިޔާ މެނަން ވެސް ހިމެނޭ "ހަރީ ހަރާ ވީރަ މައްލޫ" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މާޗް 30 ގަ އެވެ.
މި ފިލްމަށް އެކްޓަރު ދަރުމެންދުރާގެ ދަރިފުޅު އަދި ސަނީ ޑިއޯލްގެ ކޮއްކޮ ބޮބީ ސޮއިކުރި އިރު، އޭނަ އެންމެ ފަހުން ފެނިފައިވާ ފިލްމަކީ ފެބްރުއަރީގައި ޒީ5 އިން ގެނެސްދިން ރޮމޭންޓިކް ތުރިލާ "ލަވް ހޯސްޓެލް" އިންނެވެ.