ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގައި ހުޅުޖަހަން ހިތްވަރުދީ މީހަކު ޓްވީޓް ކުރި މައްސަލާގައި އެއީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ސިފަކޮށް، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ އެކަން ކުށްވެރި ކުރައްވައިފި އެވެ.
މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފަދަ އަމަލުތަކަށް މި ސަރުކާރުން ފުރުސަތެއް ނުދޭނެ ކަމަށެވެ.
"އިންޑިއާ އަކީ ރާއްޖޭގެ ތަރައްގީގެ އެންމެ ގާތް ބައިވެރިޔާ،" މާރިޔާ ވިދާޅުވި އެވެ. "އަދި އިންޑިއާ އިން ރާއްޖޭގެ ތަރައްގީ އަށް ކޮށްދޭ ކަންކަން ހުއްޓުވަން ކުރާ ކަންކަމަށް ވެސް ސަރުކާރުން ފުރުސަތެއް ނުދޭނެ."
Calls for arson on @HCIMaldives is an act of terror and is strongly condemned. Kindly be assured that HEP @ibusolih’s Zero Tolerance on Terror will be enforced. India is our closest development partner & attempts to stop development for the people of 🇲🇻will not be tolerated.🇲🇻🇮🇳
— Mariya Didi 🎈 (@MariyaDidi) December 24, 2022
އިންޑިއާ އެމްބަސީގައި ރޯކުރަން ހިތްވަރު ދީ ޓްވީޓްކުރީ ކުރީ ސަރުކާރުތަކުގެ އިސް މަގާމުތަކެއް ފުރާފައިވާ އައްބާސް އާދިލް ރިޒާ އެވެ. އޭނަ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ފެބްރުއަރީ 7، 2012 ގައި އިސްތިއުފާ ދެއްވުމުން ޖެހިގެން އައި ދުވަހު އައްޑޫގައި ހުޅު ޖެހީ އިންޑިއާގެ އޯޑަރަކަށް ކަމަށް ބުނެ އެކަމުގެ ބަދަލު ހިފަން، "އިންޑިއާ އެމްބަސީން ފަށަން ކިހިނެއްވާނެތޯ" ޓްވިޓާގަ އަހައިފަ އެވެ.
އައްޑޫގައި ހިންގި ބޮޑު ހުޅުގައި އެތައް އެތައް އަންދާލި އެވެ. އޭގެ ތެރޭގައި ބައެއް މެޖިސްޓްރޭޓް ކޯޓްތަކާއި ފުލުހުންގެ ތަންތަން ވެސް ހިމެނެ އެވެ.
އައްބާސް ޓްވީޓްގެ މައްސަލަ ހޫނުވުމުން އޭނަ ވަނީ ހުޅުޖަން ޖެހި ހިތްވަރުދީ ޓްވީޓްކުރި އެކައުންޓަކީ އަމިއްލަ އެކައުންޓެއް ނޫން ކަމަށް ބުނެފަ އެވެ. އައްބާސް ޓްވީޓާ ގުޅިގެން ސިޔާސީ ޕާޓީތަކުން ވެސް އެކަން ކުށްވެރިކޮށްފައިވެ އެވެ.