Last Updated: June 14, 17:57
Sunday, June 14, 2026
ޚަބަރު

ޕްރައިމަރީ އަށް ރައީސް ފޯމް ހުށަހަޅައިފި

އަންނަ މަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމާފައިވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތުން މިއަދު ޕާޓީ އަށް ތާއީދު ފޯމް ހުށަހަޅައިފި އެވެ.

ރައީސްގެ ކެމްޕޭން މެނޭޖަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު މިއަދު ކުުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕްރައިމަރީގައި ވާދަކުރައްވަން ރައީސް 20،000 އަށް ވުރެ ގިނަ ފޯމް ހުށަހެޅުއްވި ކަމަށެވެ. ޕްރައިމަރީގައި ރައީސާ އެކީ ވާދަކުރައްވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. މިދިޔަ ހަފުތާގައި ނަޝީދު ވަނީ ފޯމް ހުށަހަޅުއްވައިފަ އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެވެނީ ތާއީދުކުރާ، އެ ޕާޓީގެ 500 މެންބަރުންގެ ތާއީދު ފޯމު ހުށަހެޅުމުންނެވެ.

ޕްރައިމަރީ ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 28 ގަ އެވެ.