Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ޕޯސްޓްމޯޓަމަށް ފަހު ނިޝާމާގެ ޖަނާޒާ މިއަދު

މި މަހު ހދ. ނޮޅިވަރަމްގައި މަރާލި ނިޝާމާ މުހައްމަދުގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު މިއަދު އޭނަގެ ޖަނާޒާ ބާއްވަން ނިންމައިފި އެވެ.

ޕޯސްޓްމޯޓަމަށް ހެދުމަށް މި މަހުގެ 21 ގައި ރާއްޖޭން ބޭރަށް ގެންދިއުމަށް 28 އަހަރުގެ ނިޝާމާގެ ހަށުގަނޑު ރާއްޖެ ގެނައީ މިއަދު އެވެ. އަދި އޭނަގެ ޖަނާޒާ ބާއްވަން ހަމަޖެހިފައި ވަނީ މައުރިބު ނަމާދަށް ފަހު މާލޭގެ އާސަހަރާ މިސްކިތުގަ އެވެ.

ތިން ކުދިންގެ މަންމަ ނިޝާމާ މަރާލާފައި އޮއްވައި ފެނުނީ މި މަހުގެ 10 ގަ އެވެ. އަދި އެ މައްސަލައިގެ ތުހުމަތަށް އޭނަގެ ފިރިމޫހާ އަބޫބަކުރު ފައިސަލް، 32، ފުލުހުންގެ ބެލުމުގައި ދަށުގައި ހުއްޓައި މި މަހުގެ 12 ވަނަ ދުވަހުގެ ރޭ އަމިއްލަ އަށް ދަންޖެހިގެން މަރުވާން އުޅެނިކޮށް ސަލާމަތްކޮށް ފަރުވާ ދެނިކޮށް މި މަހުގެ 19 ގައި ވަނީ މަރުވެފަ އެވެ.