އަންނަ މަސް ނިމޭހާތާގައި ދިރާގު ޓީވީ ހުއްޓާލައި، ސަން ސިޔާމް ކުންފުންޏަށް ވިއްކާލަން ދިރާގުން ނިންމައިފި އެވެ.
ދިރާގު ޓީވީ ހުއްޓާލައި ވިއްކާލަން ނިންމާފައި ވަނީ، ބްރޯޑްކާސްޓިން ޤަވާއިދަށް މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުން ގެނައި އިސްލާހަކާއި ގުޅިގެންނެވެ. މި އިސްލާހުގައި ރާއްޖޭގައި ރީ ބްރޯޑްކާސްޓު ކުރެވޭނީ ސައްތައިން ސައްތަ ދިވެހި ކުންފުނިތަކަށް ކަމަށް ވަނީ ކަނޑައަޅާފައެވެ. މިމައްސަލަ ދިރާގުން ސިވިލް ކޯޓަށް ހުށަހަޅާފައިވާއިރު، މައްސަލައިގައި ގޮތެއް ނިންމެންދެން ޤަވާއިދަށް އަމަލު ނުކުރުމަށް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ.
މިމައްސަލާގައި މިއަދު ދިރާގުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ވަނީ ދިރާގަށް ބްރޯޑް ކާސްޓިން ކޮމިޝަނުން ދޫކޮށްފައިވާ ލައިސެންސް އަންނަ ޖެނުއަރީ މަހު 29 ވަނަ ދުވަހު ހަމަވާނެ ކަމާށާއި، މިއާއެކު ބްރޯޑް ކާސްޓިން ކޮމިޝަނުން ލައިސެންސް އައުކޮށްދީފައި ނުވާ ކަމަށް ދިރާގުން ވިދާޅުވިއެވެ. އަދި މިއާއެކު ދިރާގުން ވިޔަފާރި ފުޅާ ކުރުމަށް ކުރާ މަސައްކަތަށް ހުރަސް އެޅި ވިޔަފަރީގައި ގެއްލުންވަމުންދާ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ. މިއާއެކު މައްސަލަ ހައްލު ކުރުމަށް އެކި ވުޒާރާތަކާއި އެކު އެކި ގޮތްގޮތަށް މަސައްކަތް ކުރަމުންދިޔަ ނަމަވެސް އެއްވެސް ހައްލެއް ނެފެންނަ ކަމަށް ދިރާގުން ވިދާޅުވެއެވެ.
ދިރާގުން ބުނީ މި ސަބަބުތަކައްޓަކައި ދިރާގުގެ ޑިރެކްޓަރުންގް ބޯޑުން ކުންފުނީގެ ކުރިމަގާއި މެދު ވިސްނައި ގެއްލުން ކުޑަ ކުރުމަށް ދިރާގު ޕްލޭއި އަދި ދިރާގު ޓީވީގެ ޙިދުމަތް ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ. އަދި ހުއްޓާލުމުގެ ކުރިން ކަސްޓަމަރުންނަށް އެއް މަސް ދުވަސް ކުރިން ނޯޓިސް ދޭން ޖެހޭތީ ދޭ ކަމަށެވެ.
މިއާއެކު ކަސްޓަމަރުންނަށް ދެމުން އައި ޙިދުމަތަށް ބުރޫ ނާރުވާ ޙިދުމަތް ދަމަހައްޓައިގެން ކުރިއަށް ގެންގޮސް އެހެން ފަރާތަކާއި އެކު ޙިދުމަތް ކުރިއަށް ގެންދަން ބޭނުންވާ ކަސްޓަމަރުންނަށް އެ ފުރުސަތު ހޯދައިދޭން މަސައްކަތް ކުރާ ކަމަށް ދިރާގުން ބުނިއެވެ. މިގޮތުން މި ޙިދުމަތް ކުރިއަށް ގެންދިއުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތަކުގެ ތެރެއިން، ކުރެވުނު މަޝްވަރާތަކުން އަލަށް ބްރޯޑް ކާސްޓް ލައިސެންސް ލިބިފައިވާ އެސްއެން ނެޓްވޯކް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކުރުމަށް ވަނީ ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެއެވެ. އަދު އެކުންފުންޏާއި އެކު ކުރިއައްދާން ބެނުންވާ ކަސްޓަމަރުންނަށް އެ ފުރުސަތު އޮންނާނެ ކަމަށް އެކުންފުނިން ބުނެއެވެ.
[cpton d="ttchent_287244" ln="lnnone" dth="300"]< rc="http://.ddulve.co/p-content/uplod/2022/12/l_2022_12_01_071549_c8xuelrkd29ph13yj6von4fbzt75_EN_-300x158.jp" lt="" dth="300" heht="158" cl="ze-edu p-e-287244" /> ސަން މީޑިއާގެ ދަށުން ހިންގާ އެސްއެސް ނެޓްވޯކުގެ ބްރޯޑް ކާސްޓިިން ލައިސެންސާއި އެކު / ފޮޓޯ: ސަން[/cpton]
އެސްއެސް ނެޓްވޯކް ޕްރައިވެޓް ލިމިޓެޑަކީ ވިޔަފާރިވެރިޔާ ސަން ސިޔާމްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. އެކުންފުންޏަށް ދާދިފަހުން ރީ ބްރޯޑްކާސްޓިން ލައިސެންސް ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދޫކޮށްފައެވެ.
ދިރާގުން ބުނީ ވޭތުވެ ދިޔަ 7 އަހަރު ކުރެވެނު މަސައްކަތުން ދިރާގު ޓީވީގެ ޙިދުމަތް ރާއްޖޭގެ 85 އިންސައްތައަށް ފޯރުކޮށްދެވިފައިވާ ކަމަށެވެ. އަދި ދިރާގުން ޕްރިމިއަމް 100 އަށް ވުރެ ގިނަ ޗެނެލް ގަނެ ރައްޔިތުންނަށް ބޭނުންތެރި ޙިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތް ކޮށްދީފައިވާ ކަމަށެވެ.