އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލި އައްބާސް އާދިލް ރިޒާ ހައްޔަރުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރު ކޮށްފައިވަނީ އަމަން ގެއްލޭ ގޮތަށް އަދި ނަފްރަތު އުފެދޭ ގޮތަށް ތަކުރާރުކޮށް ޓުވީޓްކޮށް ހަދާ މައްސަލައިގައި މިއަދުއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އައްބާސް އާދިލް ރިޒާ މިއަދު ވަނީ ހައްޔަރު ކޮށްފައި.
— Maldives Police (@PoliceMv) December 25, 2022
ކުރީ ސަރުކާރުތަކުގައި އިސް މަގާމުތަކެއް ފުރާފައިވާ އައްބާސް އާދިލް ރިޒާގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓަކުން މިފަހުން ވަނީ އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލާފައެވެ.
މި މައްސަލައިގައި ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެ އިންޒާރު ސީރިއަސްކޮށް ތަހުގީގު ކުރަމުންދާއިރު އެކަމާ ގުޅިގެން ނަގަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް ކަމާ ގުޅޭ އިދާރާތަކުން ނަގާފައިވާ ކަމަށެވެ.
ޑިޕްލޮމެންޓުންނާއި އާންމުންގެ ރައްކާތެރިކަން ގެއްލޭ ގޮތަށްދޭ އެފަދަ އިންޒާރުތައް އަޅާނުލާ ދޫކޮށްނުލާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.