އެސްޓީއޯގެ ބޮޑު ސޭލެއް ފުވައްމުލަކުގައި ފަށައިފި އެވެ.
އަހަރު ނިންމައިލުމުގެ ގޮތުން އެ ކުންފުނިން ކުރިއަށް ގެންދާ ޕްރޮމޯޝަންތަކުގެ ތެރެއިން އިއްޔެ ފުވައްމުލަކުގައި ފެށީ އެސްޓީއޯ ވެއާހައުސް ސޭލެވެ. މި ސޭލް މިއަދި ނިންމައިލާނެ އެވެ. ސޭލް ކުރިއަށް ގެންދަނީ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.
އެސްޓީއޯގެ ފުވައްމުލަކު ވެއާހައުސް ސޭލް އިއްޔެ ފައްޓަވައި ދެއްވީ އެ ސިޓީގެ މޭޔަރު އިސްމާއީލް ރަފީގެވެ.
Fuvahmulah City Mayor Mr. @ismailrafeeq launches #StoWarehouseSale 😊🎉
This is the biggest SALE OF THE YEAR, so be sure to shop for your favorite appliances at amazing prices while it lasts 🙌🎊📍GN. Atoll Education Centre
⏰ 16:00 – 18:00 & 20:00 – 22:00, 24th & 25th Dec 22 pic.twitter.com/6fMyyLfWlA— STO People's Choice (@stopcmv) December 24, 2022
އެ ކުންފުނިން ބުނީ މި ސޭލްގައި ރާއްޖެ އަށް އެތެރެކޮށް ވިއްކާ ގެއާއި ބަދިގެއަށް ބޭނުންވާ ތަކެތިން ވަރަށް ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި އެސްޓީއޯ އިން އަލަށް ތައާރަފުކުރި، ބަދިގެއަށް ހާއްސަ ބްރޭންޑް "ރުސެލް ހޮބްސް" އަދި ބިއުޓީ ބައިޓަޗްސް ޕާސަނަލް ކެއާއަށް ހާއްސަ "ރެމިންޓަން" ބްރޭންޑް ވެސް ހިމެނެ އެވެ.
"ރުސެލް ހޮބްސް" ބްރޭންޑްގެ އުފެއްދުންތަކުގެ ތެރޭގައި ޖަގް، އަވަން، މައިކްރޮވޭވް، ޓޯސްޓަރު ފަދަ ގިނަ ޕްރޮޑަކްޓްތަކެއް ހިމެނެ އެވެ. "ރެމިންޓަން" ބްރޭންޑު ހާއްސަ ވަނީ ހެއާ ޑްރަޔާ، ހެއާ ސްޓްރެއިޓްނާ، ޓްރިމަރު ފަދަ ގްރޫމިން ޕްރޮޑޮކްޓަކަށެވެ.
އެސްޓީއޯ އިން ބުނީ ސޭލުން ވިޔަފާރިކޮށްގެން 20 ނަސީބުވެރިން ވެސް ހޮވަން ހަމަޖެހިފައިވާ ކަމަށެވެ. މި ސޭލްގެ ތެރެއިން އެސްޓީއޯ އިން ވިއްކާ ކާބޯތަކެތީގެ ބައެއް ޕްރޮޑަކްޓްތަކުގެ ފްރީ ޓޭސްޓިން ވެސް ކުރިއަށް ދާނެ އެވެ.