ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސްޕޯޓަރުން ކްރިމިނަލް ކޯޓު ހިމެނޭ ސަރަހައްދަށް އެއްވެއްޖެއެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ވ. އާރަށުގެ މައްސަލައުގައި ޔާމީންގެ މައްޗަށް އުފުލި ދައުވާގެ ހުކުމް ކުރުމުގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މިއަދު ހެނދުނު 09:00 އަށެވެ. އެހެންނަމަވެސް އެ އަޑުއެހުން އަދި ނުފެށެވެ.
Raees Yameen ge machah ufulaafaivaa siyaasy dhauvaa aai dhekolhah kuramundhaa ihthijaaju #RY2023 pic.twitter.com/fMMEhL8fqP
— Progressive Party of Maldives (@ProgressPartyMV) December 25, 2022
ހުކުމް ކުރުމުގެ މަޖިލީހަށް ޔާމީން ކްރިމިނަލް ކޯޓަށް ހާޒިރުވެވަޑައިގެން އިންނެވިއިރު، ސަޕޯޓަރުން ވަނީ ކްރިމިނަލް ކޯޓު ސަރަހައްދަށް އެއްވެފައެވެ. އެ ސަރަހައްދުގައި ޕީޕީއެމް ޕީއެންސީގެ އިސް ފަރާތްތަކުންވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އާރަށުގެ މައްސަލައިގައި ދައުވާ އުފުލާފައިވަނީ ކުރީގެ ރައީސް ޔާމީންގެ މައްޗަށާއި ޔޫސުފް ނައީމްގެ މައްޗަށެވެ.
މިމައްސަލައާ ގުޅިގެން މީގެކުރިން ޕީޖީ އޮފީހުން ބުނެފައިވަނީ އަބްދުﷲ ޔާމީން ޢަބުދުއްޤައްޔޫމް އާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމް، މިނިސްޓްރީ އޮފް ޓްއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަމަށެވެ.