އާ އަހަރާ ދިމާކޮށް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ފަސް ދުވަހަށް ބަންދުކުރާ ގޮތަށް ނިންމައިފި އެވެ.
ގައުމީ ބޭންކުން ބުނީ މި އަހަރުގެ އަހަރީ ހިސާބު ނިންމުމަށްޓަކައި މި މަހުގެ 29 ވާ ބުރާސްފަތި ދުވަހުން ފެށިގެން ބްރާންޗްތައް ބަންދުވާނެ ކަމަށާއި އަލުން ހިދުމަތްތައް ފަށާނީ އަންނަ މަހުގެ 2 ދުވަހުގައި ކަމަށެވެ.
އާ އަހަރާ ދިމާކޮށް ބޭންކްގެ ބްރާންޗްތައް ބަންދުކުރި ނަމަވެސް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ގާއިމްކޮށްފައިވާ ސެލްފް ސާވިސް ބޭންކިންގ ސެންޓަރުތައް މެދުވެރިކޮށް ހިދުމަތްތައް 24 ގަޑިއިރު ހޯދޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އަދި ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް ވެސް އަސާސީ ބޭންކިން ހިދުމަތްތައް ވެސް ބަންދުގެ ދުވަސްތަކުގައި ލިބޭނެ އެވެ.