މި ސަރުކާރުން އައްބާސް އާދިލް ރިޒާ ފްރޭމް ކޮށްފައިވާކަމަށް ހުޅުމާލެ ދާއިރާ ކައުންސިލަރު އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލި މައްސަލައިގައި އައްބާސް އާދިލް ރިޒާ ހައްޔަރު ކޮށްފައިވަނީ މިއަދު ހެނދުނުއެވެ.
މިކަމާ ގުޅިގެން ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިސަރުކާރުން "އިންޑިޔާ ރުއްސަން އައްބާސް އާދިލް ރިޒާ ފްރޭމް ކޮށްފި" ކަމަށެވެ.
"ހަމަމިހާރުން މިހާރަށް އައްބާސް ދޫކޮށްލުމަށް ގޮވާލަން. އިންޑިޔާ ސިފައިން ޖެހޭނީ މިޤައުމުން ފައިބަން." ޝުޖާއުގެ ޓްވީޓްގައިވެއެވެ.
މިސަރުކާރުން އިންޑިޔާ ރުއްސަން @AbbasRiza ފްރޭމް ކޮށްފި.ހަމަމިހާރުން މިހާރަށް އައްބާސް ދޫކޮށްލުމަށް ގޮވާލަން.އިންޑިޔާ ސިފައިން ޖެހޭނީ މިޤައުމުން ފައިބަން.☝🏼 https://t.co/WMxYoWJdjn
— Ibrahim Shujau (@IbrahimShujaau) December 25, 2022
މައުލޫމާތު ލިބިފައިވާ ގޮތުގައި އައްބާސް އާދިލް ރިޒާ ހައްޔަރު ކޮށްފައިވަނީ އަމަން ގެއްލޭ ގޮތަށް އަދި ނަފްރަތު އުފެދޭ ގޮތަށް ތަކުރާރުކޮށް ޓުވީޓްކޮށް ހަދާ މައްސަލައިގައެވެ.