Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

ގޫގުލް އިން ޖޫރިމަނާ އިސްތިއުނާފަށް

އެގްރިމަންޓާ ހިލާފަށް ހަމައެކަނި އެންޑްރޮއިޑް ޑިވައިސްތަކަށް މަގުފަހިވާ ގޮތަށް ގޫގުލް އިން އިންޑިއާގައި މަަސައްކަތްކުރާތީ އެ ކުންފުނި ކުރި ޖޫރަމަނާގެ މައްސަލަ އިސްތިއުނާފުކުރަން ނިންމައިފި އެވެ.

މިކަން އަލްފަބެޓްގެ ދަށުން ހިންގާ ގޫގުލްގެ ތަރުޖަމާނު ކަށަވަރު ވެސް ކޮށް ދެއްވާފައިވެ އެވެ. އޭނަ ވިދާޅުވީ ޖޫރިމަނާގެ މައްސަލަ އިސްތިއުނާފުކުރަން ނިންމީ އެންޑްރޮއިޑަށް ބަރޯސާވާ މީހުންގެ ހައްގުގައި ކަމަށެވެ. އެހެން ނޫން ނަމަވެސް އެންޑްރޮއިޑް ޑިވައިސްތަކުގެ އަގު ވެސް ިއންޑިއާގައި އުފުލިދާނެ ކަމަށެވެ.

އިންޑިއާގެ ކޮމްޕެޓިޝަން ކޮމިޝަން (ސީސީއައި) އިން ގޫގުލް 162 މިލިއަން ޑޮލަރުން ޖޫރިމަނާކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އޭރު ސީސީއައި އިން ބުނީ ގޫގުލް މަސައްކަތްކޮށްފައި ވަނީ އެ މީހުންނަށް ބުރަވާ ގޮތަށް އެކަނި ކަމަށާއި މީގެ ސަބަބުން މާކެޓްގެ ވާދަވެރި ކަމަށް ވެސް ބުރޫއަރާފައިވާ ކަމަށެވެ.

އެތަނުން ފާހަގަކޮށްފައިވާ ގޮތުގައި ގޫގުލް އިން އެ މީހުންގެ އޯއެސް، އެންޑްރޮއިޑްގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުން އައިސްފައިވާ ކަމަށާއި މީގެ ސަބަބުން އެ ކުންފުނިން ނަމަހަ އެތައް މަންފާތަކެއް ލިބިގަންނަމުން ގޮސްފައިވާ ކަމަށެވެ. އެގޮތުން ކަސްޓަމަރުންގެ ޑޭޓާތަކަށް އެކްސެސްވުމާއި އިޝްތިހާރުކުރުން ފަދަ އެތައް ކަމަކަށް ނުހައްގުން ގޫގުލް ފުރުސަތުތައް ފަހިކޮށްފައިވާ ކަމަށް ސީސީއައި އިން ބުންޏެވެ.