Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ބޯޑަ މައިލްސްގެ އެންމެ މަތީ ދަރަޖަ ސުއަރޭޒަށް

ގަތަރުގައި މި މަހު ނިންމާލި ވޯލްޑް ކަޕްގައި އުރްގުއޭ ކެޓުމާ އެކީ ރާއްޖެ އަށް ޗުއްޓީ އައި އެ ގައުމުގެ މަޝްހޫރު ފުޓްބޯޅަ ތަރި ލުއިސް ސުއޭރަށް މޯލްޑިވްސް ބޯޑަ މައިލްސްގެ އެންމެ މަތީ ޖަރަޖަ ކަމަށްވާ އަބާރަނަގެ މެންބަރުކަން ދީފި ގުޅިގެންނެވެ.

މޯލްޑިވްސް ބޯޑަ މައިލްސް ޕްރޮގްރާމަކީ ކޮވިޑް-19 އާ ވިދިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ގުޅިގެން، ޓޫރިސްޓުން ރާއްޖެ އައުން ހުއްޓި، އިގުތިސާދަށް ކުރިމަތިވި ލޮޅުންތަކުން އަރައިގަނެ ރާއްޖޭގެ ޓޫރިޒަމް އާ ހަރުފަތަކަށް ގެންދިއުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުން އިސް ނަގައިގެން ތައާރަފުކުރި ޕްރޮގްރާމެކެވެ.

މި މަހުގެ 11 ގައި އާއިލާއާ އެކީ ޗުއްޓީ އަށް ރާއްޖެ އައި ސުއަރޭޒަށް އަބާރަނަ މެންބަރުކަން ދިނީ އިމިގްރޭޝަނާއި މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޑެޓް (އެމްސީއޭއެލް) އާއި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުންނެވެ. ސުއަރޭޒް ޗުއްޓީ ހޭދަކުރީ ސަންް ސިޔާމް މޯލްޑިވްސްގަ އެވެ.

 

View this post on Instagram

 

A post shared by Siyam World Maldives (@siyamworld)

ބޯޑަ މައިލްސްގެ އެންމެ މަތީ ދަރަޖަ ދިނުމާ ގުޅިގެން ސުއަރޭޒް ވަނީ ރާއްޖޭން އޭނަ އަށް ލިބުނީ ވަރަށް ބުނު ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި އެ ޕްރޮގްރާމް ޕްރޮމޯޓްކޮށް. އިޝްތިހާރުކުރުމަށް ވަރަށް ގާތުން މަސައްކަތްކުރަން ބޭނުންވާ ކަމަށް ބުނެފައިވެ އެވެ.

ބޯޑަ މައިލްސް އިން އަންނަނީ ދުނިޔޭގެ މަޝްހޫރު މީސްމީހުން މެދުވެރިކޮށް އެ ޕްރޮގްރާމް ޕްރޮމޯޓްކުރަމުންނެވެ. އޭގައި މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ ޓޫރިސްޓުން ބައިވެރިވެފައިވެ އެވެ.