Last Updated: April 25, 09:10
Thursday, April 25, 2024
ޚަބަރު

އެއްބައިވަންތަކަމުގެ ދުވަހު މީދޫގައި ހިނގާލުމެއް

ޤައުމީ ދިދަ--

ގައުމީ އެއްބައިވަންތަކަމުގެ ދުވަހާ ގުޅުވައިގެން އައްޑޫ މީދޫގައި ހިނގާލުމެއް ބާއްވަން ހަމަޖެހިއްޖެ އެވެ.

މީދޫ އަވަށު އޮފީހާއި ޖަމްޢިއްޔާ ޖަމާޢަތްތައް ގުޅިގެން ކުރިއަށްގެންދާ މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 6:00ގައެވެ.

ހިނގާލުން ނިންމާލުމާއެކު ދުވަހާގުޅޭ ޚާއްސަ ދުޢާއެއް ކުރެވޭނެކަމަށް އިވެންޓް އިންތިޒާމްކުރާ ފަރާތުން ވަނީ މައުލޫމާތު ދެއްވާފައެވެ.

މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ސ.އަތޮޅު މަދަރުސާ ކުރިމަތިންނެވެ. އަދި ނިންމާލުމަށް ހަމަޖެހިފައިވަނީ ކޯގަންޱު ގަބުރުސްތާނު ސަރަހައްދަށެވެ.

މި ހިނގާލުމުގެ އިތުރުން މާދަމާ ހަވީރު މީދޫ ރާފަޅާ ސަރަހައްދުގައި އާއިލީ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މާދަމާރޭ ޚާއްސަ މެޗެއް ކުޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަހަކީ 2004 ޑިސެމްބަރު 26ގެ ސުނާމީގައި ދިވެހިން ދެއްކި އެއްބައިވަންތަކަން ފާހަގަކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ.