އައްޑޫ ފޭދޫ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ހޯދައި، އެ މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އިއްޔެ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ފޭދޫ ގެއެއް ބަލައި ފާސްކޮށް، މަސްތުވާތަކެއްޗާއި އެ ތަކެތި ކުދިކޮށްފައި ބަންދުކުރުމަށް ބޭނުންކުރާ ސާމާނާއި ފައިސާތަކެއް ހޯދާފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި އުމުރުން 30 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވެ އެވެ.

އޭނަގެ ބަންދާ މެދު ގޮތެއް ނިންމަން ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން އެ ކޯޓުން ވަނީ ބަންދަށް 30 ދުވަސް ޖަހައި ދީފަ އެވެ.

މި މައްސަލަ މިހާރު ގަން ޕޮލިސް ސްޓޭޝަމުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ފުލުހުން ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ މައުލޫމާތު ހިއްސާކޮށްދޭން ވެސް އެދިފަ އެވެ. އައްޑު އަކީ މަސްތުވާތަކެތީގެ މައްސަލަ ބޮޑު ތަނެކެވެ.