Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

މާސްޓަ ޝެފް އިންޑިއާ 7 އަންނަ މަހުގެ 2 ގައި

"މާސްޓަ ޝެފް އިންޑިއާ" ގެ ހަތް ވަނަ ސީޒަން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ރޭ ސޮނީ ޓީވީން ޕްރީމިއކުރަން ނިންމައި، އޭގެ ޕްރޮމޯ ވެސް ދައްކަން ފަށައިފި އެވެ.

ސޮނީން މި ޝޯ ގެނެސްދޭން ނިންމިކަން އިއުލާންކުރީ މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. "މާސްޓަ ޝެފް އިންޑިއާ" ކުރިން ގެނެސްދިނީ ސްޓާ ޕްލަސްއިންނެވެ. ސޮނީން ބުނީ ޝޯގެ އާ ސީޒަން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ރޭ ޕްރީމިއާކޮށް ކޮންމެ ހަފުތާއެއްގެ ހޯމަ އިން ހުކުރު ދުވަހުގެ ރެއާ ހަމައަށް ރާއްޖެ ގަޑިން 8:30 ގައި އެޕިސޯޑްތައް ގެނެސްދޭނެ ކަމަށެވެ.

"މާސްޓަ ޝެފް އިންޑިއާ 7" ގެ ޖަޖުންނަކީ މަޝްހޫރު ޝެފުން ކަމަށްވާ ވިކާސް ކަންނާ އާއި ރަންވީރް ބްރާރްގެ އިތުރުން ގަރީމާ އަރޯރާ އެވެ.

"މާސްޓަ ޝެފް އިންޑިއާ" ގެ ހަ ވަނަ ސީޒަން ގެނެސްދިނީ 2020 ގަ އެވެ. އެ ސީޒަން ކާމިޔާބުކުރީ އަބިނާސް ނަޔަކެވެ. މި ޝޯގެ ފުރަތަމަ ސީޒަން ގެނެސްދިނީ 2010 ގަ އެވެ.